19 Dec 2010, 12:34
ވަތަނިއްޔާ ތްރީޖީ ޕްލަސްގެ ޚިދުމަތް 30 އަށް ވުރެ ގިނަ ރަށް ރަށަށް ފޯރުކޮށް ދެމުން އަންނަ ކަމަށް ވަތަނިއްޔާއިން ބުނެފި އެވެ.
ވަތަނިއްޔާ އިން ބުނީ މިހާރު ވެސް ވަތަނިއްޔާ ތްރީޖީ ޕްލަސްގެ ޚިދުމަތްތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 33 ރަށަކަށް މިހާރު ވެސް ތްރީޖީގެ ޚިދުމަތް ވަތަނިއްޔާ އިން އަންނަނީ ފޯރުކޮށް ދެމުންނެވެ. އޭގެ ތެރޭގައި ރިސޯޓްތައް ވެސް ހިމެނެ އެވެ. ވަތަނިއްޔާ އިން ބުނީ އެންމެ ފަހުން ވަތަނިއްޔާގެ ތްރީޖީ ޕްލަސްގެ ޚިދުމަތް ދޫކޮށްފައި ވަނީ އދ. ރަންގަލި ރިސޯޓަށް ކަމަށެވެ.
ވަތަނިއްޔާ ބްރޯޑް ބޭންޑް ޚިދުމަތުގެ ޕެކޭޖްތަކުގެ އަގަކީ 250 ރުފިޔާ އަށް 2 ޖީބީ ހިލޭ ލިބޭ ޕެކޭޖަކާއި 590 ރުފިޔާ އަށް 6 ޖީބީ ހިލޭ ލިބޭ ގޮތަށް އަދި ބްރޯޑް ބޭންޑް މޮޑެމް 799 ރުފިޔާ އަށް ލިބެން ހުންނަ ޕެކޭޖެކެވެ.
ރާއްޖެ އަށް ތްރީޖީ ޕްލަސްގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފް ކޮށްފައި ވަނީ 2008 ވަނަ އަހަރު ވަތަނިއްޔާއިން ނެވެ.