ގއ. ކޮލަމާފުށީ މިސްކިތުގެ ވަށާ ފާރު ރޭނުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ހަތަރު ވަރަކަށް ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ.

ކޫއްޑޫ އިން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޮލަމާފުށީ މިސްކިތުގެ ވަށާ ފާރު ރޭނުމަށް އެ ކުންފުނިން 391،281ރ. ދެ ބުރަކަށް ބަހާލައިގެން ދީފައިވާ ކަމަށެވެ.

"ހުކުރު މިސްކިތުގެ ވަށާ ފާރުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައި. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ގަބޫލު ކުރަނީ މި އެހީގެ ސަބަބުން ކޮލަމާފުށީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް މިސްކިތް ފުރިހަމަ ކުރުމުގެ ފުުރުސަތު ލިބިގެން ހިނގައްޖެ ކަމަށް،" އެ ބަޔާނުގައިވެ އެވެ.

ކޫއްޑުގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ދެކުނުގެ އެކި ރަށްތަކަށް ތައުލީމާއި ސިއްހަތާއި ކުޅިވަރުގެ ރޮނގުން އެކިވަރުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ކުއްލި ހާލަތުގައި މަސްވެރިންނާއި ދަތުރުވެރިންނަށް ދިމާވާ ހާދިސާތަކުގައި ވެސް އެހީތެރިވަމުން އަންނަ ކަމަށެވެ.