Last Updated: 1 decade 2 year ago
އިމްރާން މުހައްމަދު - ކެޕްޓަން
ޝަމްވީލް ގާސިމް (ބޮންޑާ)
ޝާފިއު އަހުމަދު (ޝާފީ)
ޖޮނަތަން ކުއާޓޭ
އަކްރަމް އަބްދުލް ގަނީ
އަހުމަދު ނިޔާޒް
މުހައްމަދު ރަޝީދު (ހޮކޭ)
މުޚުތާރު ނަސީރު (ޓޫކިލޯ)
އަހުމަދު އަބްދުﷲ (ލިލީ)
އަލީ ފާސިރު (ސެންޓޭ)
މުހައްމަދު އުމެއިރު
ނިއު އާއި ދެކޮޅަށް މިއަދު ހަވީރު 4:00 ގައި ނުކުންނަ ހޯމް ޔުނައިޓެޑް މި އަހަރުގެ މުބާރާތާއި ކުރިމަތިލީ ސިންގަޕޫރު ކަޕްގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އަދި މި އަހަރުގެ އޭއެފްސީ ކަޕާއި ނިއު އިން ކުރިމަތިލީ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
މިއަދުގެ މެޗަށް މިދެޓީމް ނިކުނައިރު، ދެ ޓީމުގެ ތާރިހަށް ކުރުގޮތަކަށް ބަލާލުން މުހިންމެވެ. އެގޮތުން ދެ އަހަރެއްގެ އޭއެފްސީ ކަޕްގައި ނިއު އާއި ހޯމް ޔުނައިޓެޑް ހަތަރު ފަހަރަކު ވާދަކޮށްފައިވާ އިރު، އެ ދެ އަހަރު ވެސް ދެ ޓީމް ހިމެނުނީ ގްރޫޕް އީ ގައެވެ. މި އަހަރުގެ ވެސް ގްރޫޕް އީ ގައި މިދެ ޓީމް ވަނީ ހިމެނިފައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ އަދި އިންޑިއާގެ ޗާޗިލް ބްރަދާސް އެވެ.
އޭއެފްސީ ކަޕްގައި 2005 އަދި 2006 ވަނަ އަހަރު މި ދެޓީމް ވާދަކުރި މެޗުތަކަށް ބަލައިލާ އިރު، މި ދެ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު ދެ މެޗުން ނިއު މޮޅުވެފައިވާ އިރު، ސިންގަޕޫރުގައި ކުޅުނު ދެ މެޗު ހޯމް ޔުނައިޓެޑް ވަނީ ކާމިޔާބު ކޮށްފަ އެވެ.
2005 ވަނަ އަހަރުގެ އޭއެފްސީ ކަޕަށް ބަލައިލާއިރު، ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. އެމެޗުގައި ނިއުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިދުރީސް އެވެ. ސިންގަޕޫރުގައި ކުޅުނު މެޗުން ނިއު ބަލިވީ 2-0 ލަނޑުންނެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލުން ނިއު ކެޓިއިރު، ހޯމް ޔުނައިޓެޑް ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ އަހަރު ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު، 6 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ ގްރޫޕް އެއްވަނާގައި ހޯމް ޔުނައިޓެޑް އޮތްއިރު، ކުޅުނު 6 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި ނިއު އޮތީ ދެވަނާގަ އެވެ.
2006 ވަނަ އަހަރު ކުޅުނު އޭއެފްސީ ކަޕަށް ބަލައިލާއިރު، ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބުކުރީ 5-3 ލަނޑުން މޮޅުވި އިރު، ސިންގަޕޫރުގައި ކުޅުނު މެޗުން ނިއު ބަލިވީ 2-0 ލަނޑުންނެވެ. އެ އަހަރުގެ ގްރޫޕް ސްޓޭޖުން ދެ ޓީމް ވެސް ވަނީ ކަޓައިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އީގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި ނިއުއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އުމޭރު އެވެ.
ނިއުއަށް ޕެނަލްޓީ ލިބުނީ، ހުށިޔާރު ފޯވާޑް، އަލީ ފާސިރު (ސެންޓޭ) ބޯޅަހިފައިގެން ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެގެން ދަނިކޮށް، އެޓީމުގެ ކީޕަރު، ޝަހުރިލް ބިން ޖަންތަން ބޯޅަ ހޯދަން ޑައިވްކުރި ވަގުތު އޭނާގެ އަތުގައި އަޅައިގަނެ ސެންޓޭ ވެއްޓުމުން ނެވެ. އެ ފައުލާ ގުޅިގެން މެޗުގައި ރެފްރީކަން ކުރި ހޮންކޮންގްގެ އެންޖީ ކައިލާމް ވަނީ، ޝަހްރިލްއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ފަހު ހާފުގެ ބޮޑުބައެއް 10 ކުޅުންތެރިންނާ އެކު ކުޅުނު ހޯމް ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނީ، 73 ވަނަ މިނިޓުގައި ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހޯމްޔުނައިޓެޑްގެ ކިއުލީ އަށް ނިއުގެ އަކޫ ފައުލް ކުރުމާ ގުޅިގެން ޔުނައިޓެޑަށް ރެފްރީ ޕެނަލްޓީއެއް ދިނުމުންނެވެ. އެހެން ނަމަވެސް ނިއުގެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ވަނީ، ކިއުލީ ފޮނުވާލި ބާރު ޕެނަލްޓީ ދިފާއުކޮށް ބޭރަށް ފޮނުވާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް، ފަހު ހާފުގައި ޔުނައިޓެޑްގެ އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނައިގައި، ނިއުއިން ވަނީ، ނަތީޖާ ފުޅާކުރާނޭ، ދެތިން ހަތަރު ރަނުގެ ފުރުސަތު ހޯދައިފަ އެވެ.
ނިއުގެ ފޯވާޑް ސެންޓޭގެ ފަރާތުން މިއަދުގެ މެޗުގައި ވަނީ، ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ނިއުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިންމަ އެވެ.
ގްރޫޕް އީގައި މިއަދު ކުޅުނު އަނެއް މެޗުގައި އިންޑޮނީޝިއާގެ ޕަސިޕޫރާ ވަނީ، 2-0 އިން އިންޑިއާގެ ޗަޗިލް ބްރަދާސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މި ނަތީޖާ ތަކާއެކު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕު އީގެ އެއްވަނަ ލިބެނީ، ޕަސިޕޫރާ އަށެވެ. ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ނިއު އޮތް އިރު، ތިން ވަނައިގައި އޮތީ، ހޯމް ޔުނައިޓެޑެވެ. އަދި ޗަޗިލް ބްރަދާސް އޮތީ ގްރޫޕުގެ ފުލުގަ އެވެ.
މި މުބާރާތުގައި ނިއު ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ވާދަކުރާނީ، އިންޑިއާގެ ޗާޗިލް ބްރަދާސްއާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފަައިވަނީ، ގޯއާގެ ޕަންޑީޓް ޖަވާހަރްލާލް ނެހެރޫ ސްޓޭޑިއަމްގަ އެވެ.
މިއަދުގެ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ. 1-0 ގެ ނަތީޖާއަކުން ނަމަވެސް އަޅުގަނޑުމެން ބޭނުންވީ މޮޅުވާން. 10-0 އިން ނަމަވެސް 1-0 އިން ނަމަވެސް މީގަ ބޭނުމީ މޮޅުވުން. ކުޅުންތެރިން ދެއްކި ކުޅުމާއި ސަޕޯޓަރުން ދިން ހިތްވަރަށް ޝުކުރު ހައްގު.