25 Feb 2014, 12:15
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން އިމްޕޯޓްކޮށް މާކެޓްކުރަމުން ގެންދާ ރޮބާޓް ބްރޭންޑްގެ ޕްރޮމޯޝަނެއް "ބާގަ ވީކް"ގެ ނަމުގައި ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ، މިމަހުގެ 23 އިން 28 ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެސްޓީއޯ ސުޕަމާޓް އިން ކުރާ ރޮބާޓްގެ ކޮންމެ ވިޔަފާރިއަކަށް ދެ ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ރޮބާޓްގެ މޮޅުއުފެއްދުންތައްކަމަށްވާ ޗިކަން، ބީފް އަދި ޓާކީ ލަންޗަން މީޓް، ބީފް ފްރޭންކްފާޓް، ޗިކަން ފްރޭންކްފާޓް، ބީފް ކޮކްޓެއިލް ސޮސެޖް އަދި ޗިކަން ކޮކްޓެއިލް ސޮސެޖް ބޭނުންކޮށްގެން ހަދާފައިވާ ބާގަ ތަކުގެ ޓޭސްޓިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެސްޓީއޯ އިން ބުނީ، ބާގަ ތަކުގެ ޓޭސްޓިން ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެސްޓިއޯ ސްޕަމާކެޓްގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00، ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހު ހަވީރު 4:00 ގައި ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި ވެސް ބާގަތަކުގެ ޓޭސްޓިން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.