25 Feb 2014, 11:49
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ވޮލެޓުން ބަރަހާނާ ފޮޓޯތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ރޭ 8 ޖަހާއެހާކަންހާއިރު ހ. މިޔަ ގޭ ތެރެއިން މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެއަށް ވަތްއިރު މި މައްސަލާގައި ހައްުޔަރުކުރި މީހާ ހުރި ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅުތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެކޮޓަރި ތެރެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކަކާއި މި މައްސަލާގައި ހައްޔަރު ކުރި މީހާގެ ވޮލެޓުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.