25 Feb 2014, 11:00
އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ އަނިޔާދިން ކަމުގެ ތުހުމަތުގައި ރޭ ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ މާލެއިން ކަމަށެވެ.
"މިމަހުގެ 17 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ރޭ 22:00 ގައި 37 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ. މި މީހާ ހައްޔަރު ކޮށްފައި ވަނީ މާލެއިން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކުޑަހުވަދޫގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ މީހެކެވެ.