25 Feb 2014, 10:22
މިހާރު ކުރިއަށްދާ 16 ވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތުގެ ސިންގަލްސް ފައިނަލުން ކުޅުންތެރިން ޖާގަ ކަށަވަރުކޮށްފި އެވެ.
މީގެ އިތުރުން ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި ފައިނަލުން ބައެއް އުމުރު ފުރާތަކުން ސުކޫލްތައް ޖާގަކަށަވަރުކުރިއިރު އެހެން އުމުރުފުރާ ތަކުގެ ސެމީ ފައިނަލުން ބާކީ ޓީމްތައް ވަނީ ޖާގަ ކަށަވަރުވެފައެވެ.
ޓީމް އިވެންޓުގެ ބައިން 12 އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ޓީމް ފައިނަލުން ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލް އާއި އިމާދުއްދީން ސުކޫލްއެވެ. އެ އުމުރުފުރައިގެ ގާލްސް ޓީމް ފައިނަލުން ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލާއި އިމާދުއްދީން ސުކޫލެވެ. އަދި 14 އަހަރުން ދަށުގެ ގާލްސް ޓީމް ފައިނަލުން ޖާގަކަށަވަރުކުރީ އިމާދުއްދީން ސުކޫލާއި އިސްކަންދަރު ސުކޫލެވެ.
މިއަދު އެ މުބާރާތުގެ ޓީމް އިވެންޓުގެ ސާދަ އަހަރުން ދަށުގެ ބޯއީސް ސެމީ ފައިނަލް މެޗުތަކާއި ސޯޅަ އަހަރުން ދަށާއި އަދި ނަވާރަ އަހަރުން ދަށުގެ ބޯއީސް އަދި ގާލްސް ގެ ސެމީފައިނަލް މެޗުތަކުގެ ކުޅުން އޮންނާނެއެވެ.
އެ މުބާރާތުގެ ސިންގަލްސް އިވެންޓުގެ ބައިން 10 އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އަމީނިއްޔާ ސުކޫލްގެ މުހައްމަދު މާއިލްއެވެ. ދެ ވަނަ ޖާގަ ކަށަވަރުކުރީ ޖަމާލުއްދީން ސުކޫލްގެ މުހައްމަދު ނިބާލް ހުސެއިނެވެ. މި އުމުރުފުރައިގެ ގާލްސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ހިރިޔާ ސުކޫލްގެ އައިޝަތު ފައިނާއެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ އިމާދުއްދީން ސުކޫލްގެ އައިޝަތު އަމްނާއެވެ.
މިމުބާރާތުގެ 12 އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިމާދުއްދީން ސުކޫލްގެ ނިބާލް އަހްމަދެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލްގެ މުހައްމަދު އައިހަމްއެވެ. މި އުމުރުފުރައިގެ ގާލްސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިމާދުއްދީން ސުކޫލްގެ ފާތިމަތް ޒައިންއެވެ. ދެ ވަނަ ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލްގެ އައިމިނަތު މިޝްފާއެވެ.
ސާދަ އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޖަމާލުއްދީން ސުކޫލްގެ މައްޔާޝް ލަތީފެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ޖަމާލުއްދީން ސުކޫލްގެ ނައުފަލް ޝަރީފް އެވެ. މި އުމުރުފުރައިގެ ގާލްސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިމާދުއްދީން ސުކޫލްގެ އައިމިނަތު އަޖުފާން އެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ އިސްކަންދަރު ސުކޫލްގެ ފާތިމަތު ޒައިނާއެވެ.
ސޯޅަ އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ދަރުމަވަންތަ ސުކޫލްގެ އަބްދުﷲ ޝާމިލް އެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލްގެ އިބްރާހިމް އެވެ. މި އުމުރުފުރައިގެ ގާލްސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ތާޖުއްދީން ސުކޫލްގެ ޝިއުނާ މުހައްމަދުއެވެ. ދެވަނަ ޖާގަ އަމީނިއްޔާ ސުކޫލްގެ އައިމިނަތު ޝާރިފާ އެވެ.
މީގެ އިތުރުން ނަވާރަ އަހަރުން ދަށުގެ އުމުރު ފުރައިގެ ބޯއީސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މެޕްސް އިންޓަރނޭޝަނަލް ހައި ސުކޫލްގެ ޔަމާން އަބްދުލް ޖަލީލް އެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ މަޖީދިއްޔާ ސުކޫލްގެ އަހްމަދު އަޒާން އަލީ އެވެ. މި އުމުރުފުރައިގެ ގާލްސް ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ހިރިޔާ ސުކޫލްގެ އައިމިނަތު ވިދާދު އެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ ހިރިޔާ ސުކޫލްގެ މުޒެއިނަތް ރިޔާޒްއެވެ.
މިމަހުގެ 19 ން 28 އަށް ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވެފައިވާ ސުކޫލްތަކަކީ އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އަމީނިއްޔާ ސްކޫލް، ސީ.އެޗް.އެސް.އީ، ދަރުމަވަންތަ ސްކޫލް، ގިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، މާފަންނު މަދަރަސާ، މަޖީދިއްޔާ ސުކޫލް، މެޕްސް އިންޓަރނޭޝަނަލް ހައި ސުކޫލް، ތާޖުއްދީން ސުކޫލް އަދި ވިލާ އިންޓަރ ނޭޝަނަލް ހައި ސުކޫލް އެވެ.