އުރީދޫ މޯލްޑިވްސް އިން 'ވިން ވިތު އުރީދޫ ޕޯސްޓްޕެއިޑް'ގެ ނަމުގައި 200،000 ރުފިޔާ އަގުހުރި އިނާމާ އެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ ޕޯސްޓްޕެއިޑް އަން ލިމިޓެޑް ޕެކޭޖުތައް މެދުވެރިކޮށް އަންލިމިޓެޑް ކޯލު، އެސްއެމްއެސް، ޑޭޓާ އެލަވަންސް، އައިޑީޑީ ޑިސްކައުންޓްގެ އިތުރުން އެތައް ގިނަގުނަ ޙިދުމަތްތައް އެ ޕްރޮމޯޝަންގައި ހިމެނެ އެވެ.

އުރީދޫ ޕޯސްޓްޕެއިޑް އަން ލިމިޓެޑް ޕެކޭޖުތައް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިވެ 60 އަށް ވުރެ ގިނަ އެތައް އިނާމެއް ލިބުމުގެ ފުރުސަތު ލިބިގެންދާ އިރު އެ އިނާމުތަކުގެ ތެރޭގައި ހޮންޑާ ވޭވް 125 ސައިކަލު، އައިޕެޑް އެއާ ޓެބްލެޓް، ސޮނީ ބްރާވިއާ ޓީވީ އަދި ގިފްޓް ވޯޗާ ފަދަ އެތައް އިނާމުތައް ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ ޕޯސްޓްޕެއިޑް އަން ލިމިޓެޑް ޕެކޭޖުތައް މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕެކޭޖެއްގެ ހަގީގީ ފައިދާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެ ފައިދާތަކުގެ ތެރޭގައި އުރީދޫ ނެޓްވޯކަށް ގުޅާލުމުން އަން ލިމިޓެޑް ކޯލު އަދި އެސްއެމްއެސް އާއި އަދި ވެސް އިތުރަށް ލޯކަލް ކޯލު ކުރެއްވުމަށް ހިލޭ މިނެޓް އާއި 3.5 GB ގެ ޑޭޓާ އެލަވަންސް އަދި އިތުރަށް ބޭނުންކުރާ ނަމަ އެންމެ ހެޔޮ އަގު އާއި 55 ލާރިން ފެށިގެން އެންމެ ހެޔޮ ރޭޓުގައި ރާއްޖޭގެ ކޮންމެ ނަންބަރަކަށް ގުޅާލެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އައިޑީޑީ ޓޮޕް ފަސް ގައުމަށް ގުޅުމަށް 20 ޕަސެންޓްގެ ޑިސްކައުންޓް އަދި ހުރިހާ ގައުމަކަށް ގުޅުމަށް 10ޕަސެންޓްގެ ޑިސްކައުންޓް އެފައިދާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޕެކޭޖު ބައްޓަން ކުރެއްވުމަށް ލިވް އަން ލިމިޓެޑް އެޑްއޯންސް، އުރީދޫ ޑޭޓާ އެޑްއޯންސް، މެސެޖިންގް އެޑްއޯންސް އަދި އައިޑީޑީ އެޑްއޯންސް ނެންގެވޭނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތު ދެ އެެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖުތައް ފެށެނީ 249 ރުފިޔާ އިންނެވެ. އަދި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ވެސް އުރީދޫން އިން ބުންޏެވެ.