24 Feb 2014, 11:32
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް މިއަދު އަނބުރާ ފޮނުވާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ޕީޖީ އޮފީހުން އެ ކޯޓަށް ހުށަހެޅި 60 މައްސަލައެއް އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ. މައްސަލަތައް އަނބުރާ ފޮނުވާލީ އުސޫލާ އެއްގޮތަށް ހުށަހަޅާފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ދުވަހުގެ މައްސަލަ އެއީ. ދެން އަޅުގަނޑުމެން ޗެކް ކޮށްފަ މައްސަލަތައް އުސޫލާ އެއްގޮތަށް ނެތީމަ ފޮނުވާލީ،" މަނިކު ވިދާޅުވި އެވެ.
މައްސަލަތައް އަނބުރާ ފޮނުވާލިކަން ޕީޖީ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ ކުރިން ޕީޖީއަކު ނެތުމުން މައްސަލަަތައް ބަލައިގަތުން ހުއްޓާލުމަށްފަހު ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަން ފަށާފައިވަނީ މައްސަލަތައް ބަލައިގަތުމަށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ދެ ވަނަ ފަހަރަށް އަމުރު ކުރުމުންނެވެ.
މައްސަލަތައް ބަލައިގަންނަން ފެށުމުގެ އެއް ދުވަސް ކުރިން ކްރިމިނަލް ކޯޓުން ވަނީ މައްސަަލަތައް ހުށަހެޅުމާއި ބަލައިގަތުމާއި އަނބުރާ ފޮނުވާލުމުގެ އުސޫލެއް ތައާރަފްކޮށްފަ އެވެ.
ޕީޖީ އޮފީހުން ހުށަހެޅި މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ފޮނުވާލީ އެ އުސޫލާ އެއްގޮތަށް މައްސަލަަ ހުށަހަޅާފައިނުވާތީ ކަމަށް ބުނެ އެވެ.