23 Feb 2014, 20:05
ފިޝަރީޒް މިނިސްޓްރީ އިން އެސްޓީއޯއާއި އެލައިޑް އިންޝުރެންސް އާއިއެކު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮއްފި އެވެ.
މެރިން ރިސާޗް ސެންޓަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ފިޝަރީޒް މިނިސްޓްރީން އެލައިޑް އިންޝުރެންސް އާއި އެކު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ދިވެހިރާއްޖޭގެ މަސްވެރިންނާއި ދަނޑުވެރިންނަށް މަސައްކަތުގެ ތެރޭގައި ލިބޭ ގެއްލުންތަށް ފޫބެއްދުމަށް މާލީ ގޮތުން އެހީއެއް ވެދެއްވާނެ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.
އެސްޓީއޯ އާއިއެކު ސޮއިކޮއްފައިވާ އެމްއޯޔޫގެ ދަށުން މަސްވެރިންނާއި ދަނޑުވެރިންނަށް އެފަރާތްތަކުގެ މަސައްކަތަށް ބޭނުންވާ އެކިއެކި ސާމާނުތަކާއި ވަސީލަތްތައް އަތޮޅުތަކުންވެސް ފަސޭހައިން ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެ ހުރިހާ އެމްއީޔޫ އެއްގައި ސޮއިކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އެބޭފުޅުންނަށް ބޭނުންވާ ހިދުމަތްތަށް ފަސޭހައިން ފޯރުކޮއްދިނުން ކަމަށެވެ.