23 Feb 2014, 15:29
މާފަންނު ގެއެއްގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މ. ބޭދަނާގޭގެ ތިން ވަނަ ފަންގިފިލާގައި މީހަކު ދަންޖެހިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް މިއަދު މެންދުރު ފަހު 2:05ގައި ލިބިފައިވާ ކަމަށާއި ދަންޖެހިފައި ވަނީ ނޭޕާލު ފިރިހެނެއް ކަމަށެވެ. އަދި އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 33 އަހަރުގެ މީހާ ހޮސްޕިޓަލަށް ރިޕޯޓް ކުރި އިރު ވެސް މަރުވެފައިވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ އެގޭގައި މަސައްކަތު މީހަކަށް އުޅޭ މީހެކެވެ.
ފުލުހުން ބުނީ އެ މީހާ ދަން ޖެހުނު މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.