23 Feb 2014, 12:01
ފުރާވަރު ކުދިން މާޔޫސްވާ ސަބަބު ބެލުމަށް ޓަކައި ދިރާސާކުރާ ފަރާތްތަކުން ހާއްސަ ނިޒާމެއް ގާއިމްކޮށްފި އެވެ.
މި ނިޒާމާ އެކު ފުރާވަރު ކުދިން މާޔޫސް ވަނީ އެކަނިވެރިވުމުންތޯ، ނޭނގުމެއްގެ ތެރޭގައި އުޅޭތީތޯ ނުވަތަ އެކަށީގެންވާ ލޯބި ނުލިބޭތީކަން އެނގިގެންދާނެ އެވެ. ކެމްބްރިޖް ޔުނިވާސިޓީގެ ދިރާސާ ޓީމުން މިކަން ބެލުމަށް ޓަކައި އެކަމަށް ސްރީންކުރެ އެވެ. ނަމަވެސް މި ނިޒާމުގެ ސަބަބުން މާޔޫސްވާ އަންހެން ކުދިންނަށް މިނިޒާމް މަސައްކަތްކޮށްފާނެ ކަމުގެ ޔަގީންކަން ދިރާސާކުރާ ފަރާތްތަކުން ދީފައެއް ނުވެ އެވެ.
ކުޑަ ކުއްޖަކު ބޮޑުވަމުންދާ އިރު، އެކުއްޖެއްގެ އެންމެ މުހިންމު ދުވަސްތަކަކީ ފުރާވަރު ދުވަސްތަކަށްވާ އިރު، އެދުވަސްތަކުގައި ދިމާވާ މައްސަލަތަކެއްގެ ސަބަބުން މުޅި އުމުރަށް އެކަމުގައި އުޅޭތަން ވެސް އަންނަ ފަހަރު ދިމާވެ އެވެ.
"މިއީ ވަރަށް ގިނަ ބަޔަކަށް ފައިދާކުރާނެ ކަމެއް." ދިރާސާކުރާ ފަރާތެއް ކަމަށްވާ ޕްރޮފް ލެން ގުޑްޔާ ބުންޏެވެ. "ފުރާވަރު އުމުރުގައި ދިމާވާ މާޔޫސްވުމުގެ މައްސަލައަކީ ބައްޔަކަށް މެދުވެރިވެދޭ ކަމެއް. އަހަރެމެންގެ މި ދިރާސާ އިން މާޔޫސްވާ ކުދިން ފާހަގަކޮށްދީ، އެކުދިން މާޔޫސްވަނީ ކީތްވެގެންކަން އެނގޭނެ."
މާޔޫސްވާ ސަބަބު ބެލުމަށް ގާއިމްކުރެވުނު އާލާތްތަކުން އެކަމަށް ހައްލު ހޯދޭނެ ކުދިން ފާހަގަ ނުކޮށްދޭ ކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެކަމަށް ހެދިފައިވާ އާލާތްތައް މިހާރު ޓެސްޓް ކުރެވެމުންދާ އިރު، ޓެސްޓްތަކުގެ ނަތީޖާ ދައްކާނީ ނެގޭ ރިޕޯޓްތަކުންނެވެ.