ހއ. ފިއްލަދޫ ކައުންސިލް އިދާރާގެ ބައެއް ލިޔެކިއުންތަކުގައި ރޭ ބަޔަކު ރޯކޮށްލައިފި އެވެ.

ފިއްލަދޫ ކައުންސިލް އިދާރާގެ ރައީސް އާދަމް އިނާދު މިއަދު ވިދާޅުވީ، ރޯ ކޮށްލާފައި ހުރީ ކައުންސިލްގެ މޭޒެއްގައި ހުރި ލިޔެކިއުންތަކެއްގައި ކަމަށާއި އެކަން ކޮށްފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުން ކަމަށެވެ.

"ބައެއް ލިޔެކިއުންތަކެއްގައި ރޯކޮށްލާފައި ހުރީ. މިހާރު ފުލުހުންނަށް ވެސް މިކަން އަންގާފިން. ކައުންސިލް އިދާރާގެ މަސައްކަތް އަދި މިވަގުތައް ހުރީ ހުއްޓިފައި،" އިނާދު ވިދާޅުވި އެވެ.


ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ފުލުހުންގެ ޓީމެއް ފިލަދޫ އަށް ދިއުމަށް މިހާރު ވަނީ ފުރާފައި ކަމަށެވެ.