ނަވާވީސް މީހުނާ އެކު މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭއޭރިއާ ކޯސްޓްގާޑް ސްކޮޑްރުން އެ ދޯންޏަށް އެހީވުމުގެ މަސައްކަތް ފައްޓައިފި އެވެ.

ރޭ ދަންވަރު 2:30 ހާކަންހާ އިރު ހިނގި އެ ހާދިސާގައި ފަރަށް އަރާފައި ވަނީ ޅ. ކުރެންދޫ "އަރާ ކުރި" ނަމަކަށްކިޔާ ދޯންޏެކެވެ.
އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ، 95 ފޫޓުގެ މުދާ އުފުލާ މިދޯނި ފަރަށް އެރިއިރު ދޯނީގައި ދެ އަންހެނުންނާއި 27 ފިރިހެނުން ދަތުރުކުރި ކަމަށެވެ. މިދޯނި ފަރަށް އަރާފައި ވަނީ މާލެއާ ގާތްގަނޑަކަށް 31 މޭލު ބޭރުން ކ. އަތޮޅު ކަގި ކައިރިއަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ.

މިދޯނި ފަރަށް އެރުމާ ގުޅިގުޅި ގެން މާލޭއޭރިއާ ކޯސްޓްގާޑު ހާބަކްރާފްޓް ލޯންޗުގައި ވަނީ ދޯނިން ދަތުރުކުރި 22 މީހަކު މާލެ ގެނެސްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ގެންދަނީ ކުރަމުންނެވެ. މިގޮތުން ކާނި ލޯންޗު ޑައިވަރުންނާ އެކު އެސަރަހައްދުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ.