ގއ. ކަނޑުހުޅުދޫގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މުދިމަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހަވީރު ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ތިން ދުވަހުގެ މުއްދަތަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަނޑުހުޅުދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ މީހާ އަކީ އެ އަންހެން ކުއްޖާގެ ދޮންބައްޕަ ކަމަށާއި އެކަން ފަޅާއެރީ އެ އަންހެންކުއްޖާ އެވާހަކަ އާއިލާގެ މީހުންނަށް ކިޔައިދިނުމުން ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.