18 Dec 2010, 19:19
މާލޭގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީ ކޮންޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް ހަމަލާ ދީފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިރޭ އިރާކޮޅު މާފަންނު "ބީޖީ ސްޕޯޓްސް ކްލަބް" ސަރަހައްދުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މާރާމާރީއާއި ގުޅިގެން އެ ސަރަހައްދުން މީހުން ދުރަށް ލުމަށް އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް ހަމަލާދިނުމާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އޭނާ ވިދާޅުވީ މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް މާރާމާރީތަކާއި ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުން މާލޭގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފެށުމާއެކު މާރާމާރީތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިރޭގެ މާރާމާރީތަކުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހޯމަ ދުވަހު ވެސް ވަނީ ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އަދި މި މަހުގެ ކުރީ ކޮޅު މާލޭގައި ހިންގި މާރާމާރީ ތަކެއްގައި ހަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ.
މާލޭގައި މިރޭ ހިންގި ސިލްސިލާ ގްރޫޕް މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ދެ ފުލުހަކަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިރޭ މާފަންނު "ބީޖީ ސްޕޯޓްސް ކްލަބް" ސަރަހައްދުގައި މިރޭ އިރާކޮޅު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މާރާމާރީއާއި ގުޅިގެން އެ ސަރަހައްދުން މީހުން ދުރަށް ލުމަށް އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް ހަމަލާދިނުމާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް މާރާމާރީތަކާއި ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުން އެ މާލެތެރޭގެ އެކި ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމަށްޓަކައި ހަރަކާތް ތެރިވަމުންދާތީ ހަމަނުޖެހުންތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މިރޭ މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، މިދިޔަ ހަފްތާގެބުރާސްފަތި ދުވަހާއި ހޯމަ ދުވަހު ވެސް ވަނީ ދެ މީހެއްގެ ގަޔަށް ވަޅިންހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އަދި މި މަހުގެ ކުރީ ކޮޅު މާލޭގައި ހިންގިމާރާމާރީ ތަކެއްގައި ވަނީ ހަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީޒަހަމްކޮށްލާފަ އެވެ.