ދިވެހި ތައުލީމީ މުގައްރަރުގައި ޔަހުދީންގެ އަގީދާ އާއި ވައްޓަފާޅި ހިމެނުމަށް ދިވެހި ސަރުކާރާއި އިޒްރޭލާ އެކު ވެފައިވާ އެއްބަސްވުމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ޝާމިލްވެފައިވާ ކަމަށް ބުނެ، އެ ދެ ބޭފުޅުންނަށް ސަލަފު ޖަމިއްޔާ އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމީ އުއްމަތަށް ޢަދާވަތްތެރިވެފައިވާ ޒަޔަނިސްޓް ޔަހޫދީންގެ ލަފަޔާއި ރޭވުމުގެ ދަށުން ދިވެހި ޤައުމުގެ މުސްތަޤްބަލާއި ގުޅިފައިވާ ތަޢްލީމީ ސިޔާސަތާއި ދާޚިލީ ސިޔާސަތު ބައްޓަންކުރުމުގައި، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ޝާމިލްވެފައިވާ ކަމަށާއި އެ ދެ ބޭފުޅުން ވަނީ "ދިވެހި ގައުމަށް ހިޔާނާތްކޮށްފައި" ކަމަށެވެ.
އެ ބަޔާނުގައި އެ ނޫނަސް ވަރަށް ހަރުކަށި އިބާރާތުން އެ ދެ ބޭފުޅުންނަށް ފާޑުކިޔާފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ދެ ބޭފުޅުން ގާނޫނު އަސާސީ އާއި ކާބަފައިންނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމަށެވެ.
އެ ނޫސްބަޔާނުގެ އިތުރުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަށް ފޮނުވާފައިވާ ދެ ސިޓީއެއް ވެސް އެ ޖަމިއްޔާ އިން ވަނީ މިއަދު އާންމުކޮށްފަ އެވެ.
ސިޓީތަކުގައި ބުނަނީ އިޒުރޭލާއި ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ދިވެހި ހާރިޖިއްޔާ އާއި އިޒުރޭލާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވި ކަމަށެވެ. އަދި އިޒުރޭލާ އެކު ސަރުކާރުން ސޮއިކުރި އެމްއޯޔޫގެ ކޮޕީ ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާތީ އެ މައުލޫމާތުތައް ސަލަފަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެ ޖަމިއްޔާއިން އެދިފައިވާ ކަމަށް ވެސް އެ ދެ ސިޓީގައި ބުނެފައިވެ އެވެ.
ނަމަވެސް އެ އެމްއޯޔޫގެ ކޮޕީއެއް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް ބުނެ، ހަފްތާއެއް ފަހުން ޖަވާބެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރިން ވައުދުވެފައިވީ ނަމަވެސް ތިން ހަފްތާވީ އިރުވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އެ ސިޓީތަކުގައި ބުނެފައިވެ އެވެ.
އެ ސިޓީތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ "އެމީހުން ކައިރީގައި )ޖަމިއްޔަތުއް ސަލަފުގެ ބޭފުޅުންގެ ކަރީގައި( ފަހުން ބުނެފައިވާނެ އިޒުރޭލާ އެކު އެގްރީމެންޓެއްގައި ސޮއިކޮށްފައިވާނެ ކަމަށް. އަދި މިނިސްޓްރީގެ ވެބް ސައިޓްގައި ވެސް އެކަން އާންމުކޮށްފައިވާނެ. އަދި އެ އެގްރިމެންޓަކީ އިޒުރޭލާ ދެމެދު ސިޔާސަތު ގާއިމް ކުރުމަށް ކުރި އެގްރިމެންޓެއް ނޫން. އެ އެގްރިމެންޓަކީ ސަގާފީ ގޮތުންނާއި ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ޓޫރިޒަމް ދާއިރާއިން އެއްބާރުލާލުން ދިނުމުގެ އެގްރިމެންޓެއް" ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ އެ އެގްރިމެންޓްގެ ކޮޕީއެއް ޖަމިއްޔަތުއްސަލަފުން ބޭނުންވާ ކަމަށް ބުނި ކަމަށާއި ނަމަވެސް ގައުމުތަކުން ވެފައިވާ އެފަދަ އެއްބަސްވުންތައް އެހެން ބަޔަކާ ހިއްސާ ނުކުރުމަށް "ޕްރޮޓޮކޯލެއް"ގައި ސަރުކާރުން ސޮއިކޮށްފައިވާތީ އެ މައުލޫމާތު ޖަމިއްޔަތުއް ސަލަފާ ހިއްސާ ނުކުރީ ކަމަށެވެ.
ނަމަވެސް ޑރ. ޝަހީދު ވިދާޅުވީ އެ އެއްބަސްވުން މަޖިލީހާ ހިއްސާކުރި ކަމަށާއި ނަމަވެސް ޖަމިއްޔަތުއް ސަލަފުން "އެ އެއްބަސްވުމުގެ މައުލޫމާތު ހޯދަންޏާމުން އެޑިއުކޭޝަން މިނިސްޓްރީން ހޯދުމަށް ފޮރިން މިނިސްޓްރީން ސިޓީއަކުން ޖަމިއްޔަތުއްސަލަފުގެ ބޭފުޅުންގެ އަރިހުގައި ދަންނަވާފައިވާނެ" ކަމަށެވެ.
ނަމަވެސް އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދިވެހި ތައުލީމީ މުގައްރަރުގައި ޔަހުދީންގެ އަގީދާ އާއި ވައްޓަފާޅިހިމެނުމަށް ދިވެހި ސަރުކާރާއި އިޒްރޭލާ އެކު ވެފައިވާ އެއްބަސްވުމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ޝާމިލްވެފައިވާ ކަމަށް ބުނެ، އެ ދެ ބޭފުޅުންނަށް ސަލަފު ޖަމިއްޔާ އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީއިސްލާމީއުއްމަތަށް ޢަދާވަތްތެރިވެފައިވާ ޒަޔަނިސްޓްޔަހޫދީންގެ ލަފަޔާއި ރޭވުމުގެ ދަށުންދިވެހިޤައުމުގެ މުސްތަޤްބަލާއި ގުޅިފައިވާ ތަޢްލީމީ ސިޔާސަތާއި ދާޚިލީ ސިޔާސަތުބައްޓަންކުރުމުގައި،ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ޝާމިލްވެފައިވާ ކަމަށާއި އެ ދެ ބޭފުޅުން ވަނީ "ދިވެހި ގައުމަށް ހިޔާނާތްކޮށްފައި" ކަމަށެވެ.

އެ ބަޔާނުގައި އެ ނޫނަސް ވަރަށް ހަރުކަށި އިބާރާތުން އެ ދެ ބޭފުޅުންނަށް ފާޑުކިޔާފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ދެ ބޭފުޅުން ގާނޫނު އަސާސީ އާއި ކާބަފައިންނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އެ ނޫސްބަޔާނުގެ އިތުރުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަށް ފޮނުވާފައިވާ ދެ ސިޓީއެއް ވެސް އެ ޖަމިއްޔާ އިން ވަނީ މިއަދު އާންމުކޮށްފަ އެވެ.

ސިޓީތަކުގައި ބުނަނީ އިޒުރޭލާއި ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ދިވެހި ހާރިޖިއްޔާ އާއި އިޒުރޭލާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވި ކަމަށެވެ. އަދި އިޒުރޭލާ އެކު ސަރުކާރުން ސޮއިކުރި އެމްއޯޔޫގެ ކޮޕީ ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާތީ އެ މައުލޫމާތުތައް ސަލަފަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެ ޖަމިއްޔާއިން އެދިފައިވާ ކަމަށް ވެސް އެ ދެ ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް އެ އެމްއޯޔޫގެ ކޮޕީއެއް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް ބުނެ، ހަފްތާއެއް ފަހުން ޖަވާބެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރިން ވައުދުވެފައިވީ ނަމަވެސް ތިން ހަފްތާވީ އިރުވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

އެ ސިޓީތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ "އެމީހުން ކައިރީގައި (ޖަމިއްޔަތުއް ސަލަފުގެ ބޭފުޅުންގެ ކަރީގައި) ފަހުން ބުނެފައިވާނެ އިޒުރޭލާއެކު އެގްރީމެންޓެއްގައި ސޮއިކޮށްފައިވާނެ ކަމަށް. އަދި މިނިސްޓްރީގެ ވެބް ސައިޓްގައި ވެސް އެކަން އާންމުކޮށްފައިވާނެ. އަދި އެ އެގްރިމެންޓަކީ އިޒުރޭލާ ދެމެދު ސިޔާސަތު ގާއިމް ކުރުމަށް ކުރި އެގްރިމެންޓެއް ނޫން. އެ އެގްރިމެންޓަކީ ސަގާފީ ގޮތުންނާއި ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ޓޫރިޒަމް ދާއިރާއިން އެއްބާރުލާލުން ދިނުމުގެ އެގްރިމެންޓެއް" ކަމަށެވެ.