21 Feb 2014, 10:43
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އިތުރު ޒުވާނުން ނެރެ، އެ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަށް ޏ. ފުވައްމުލަކުގައި އައިޓީ އިންކިއުބޭޓާ ސެންޓަރެއް ހުޅުވައިފިއެވެ.
މަޝްހޫރު އެޕަލް ކުންފުނީގެ މެކް ސިސްޓަމްގެ 10 ކޮމްޕިއުޓަރު ސިސްޓަމާ އެކު ހަދާފައިވާ އެ ސެންޓަރު ހުޅުއްވައިދެއްވީ އެކަމަށްޓަކައި ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހަފްލާއެއްގައި ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު އަމީން އިބްރާހީމެވެ.
ސްރީލަންކާގެ ކުންފުންޏަކާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެން ހުޅުވި އެ ސެންޓަރުން ކުރާނެ މައިގަނޑު މަސައްކަތްތަކަކީ އައިޓީ ދާއިރާ އަށް ބޭނުންވާ ޕްރޮގްރާމްތައް ޑިވޮލޮޕްކުރުމާއި ސޮފްޓްވެއާ ޑިޒައިން ކުރުމުގެ އިތުރުން އެކި ކަންކަމަށް ޚާއްސަ އެޕްލިކޭޝަންތައް ހަދަން ދަސްކޮށްދިނުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.