25 Mar 2010, 10:37
10:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި ބޭނުންވާ ގާނޫނީ އަދަދު ހަމަވެއްޖެ ކަމަށާއި މަޖިލީހަށް އެ މައްސަލަ އެޖެންޑާކޮށް ކާމިޔާބުކުރާނެ ކަމަށް އެމްޑީޕީ ބުނެފި އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެއްކަމުގެ ވޯޓް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން އެ ޕާޓީގެ ޕާލަމެންޓީ ގޫޕްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންގެ ފިކުރު ހުރިގޮތް ބެލުމުން ޔަގީންވެގެންދިޔައީ އެ ވޯޓް ނެކުމަށްޓަކާ ބޭނުންވާ ގާނޫނީ އަދަދު ހަމަވެއްޖެ ކަމަށާއި ވީހާވެސް އަވަހަށް އެ މައްސަލަ އެޖެންޓާކޮށް އިތުބާރު ނެއްކަމުގެ ވޯޓެއް ނަގައި އެ މަގާމުން އަބްދުﷲ ޝާހިދު ދުރުކުރުވާނެކަން ކަމަށެވެ.
ޝިފާޒު ވިދާޅުވީ 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ހިނގައިދާ ހުރިހައި ކަމެއްގެ ޒިންމާ ނަންގަވަންޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށާއި ސަބަބަކީ މަޖިލީހުގައި ހިނގައިދާ ޒުވާބުތައް ފަހުން މާރާމާރީއަށް ބަދަލުވެގެންދާނެކަން، މަޖިލީހުގެ ރައީސަށް އެގިވަޑައިގަންނަވާއިރުވެސް އެ ކަންތައްތައް ހުއްޓުވުމަށްޓަކައި އިތުރު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި އަމިއްލަ މަސްލަހަތުތައް ކުރިޔަށް ނެރުއްވައިގެން ނުފޫޒުން ކަންތައް ކުރައްވަން މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވާ ކަމަށް ޝިފާޒު ތުހުމަތު ކުރެއްވި އެވެ.
ޝިފާޒު އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ބޯލެނބުމުގެ ފިކުރާއި ހިޔާލު މަޖިލީހުގެ ރައީސް ކިބައިގައި ނެތުމުން ދެން ރިޔާސަތުގައި އަބްދުﷲ ޝާހިދު އިންނަވައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެމްޑީޕީން ދެން ނުދޭނެ ކަމަށެވެ.
އަންގާރަ ދުވަހު މަޖިލީހުގައި ހިނގައިދިޔަ މާރާމާރީގައި އަނިޔާވި އެ ޕާޓީގެ ޕާލަމެންޓްރި ގުރޫޕްގެ މެންބަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު، ހިސްޓޯ ވިދާޅުވީ 30 އަހަރުގެ އަނިޔާވެރި ސަރުކާރަކުން މުޅި ގައުމުގައި އަނިޔާވެރިކަން އިސް ކުރުމަށް ފަހު، މާރާމާރީއާއި ހަމަނުޖެހުން ނުހިންގާ އޮތީ ރައްޔިތުގެ މަޖިލީހުގައި ކަމަށްވާތީ، އެކަންވެސް އެންމެ ފަހުން ޑީއާރުޕީން ކުރެއްވީ ކަމަށާއި ނަމަވެސް އެންޑީޕީއަކީ ބަދަލު ހިފުމުގެ ސަގާފަތެއް އަށަގެންފާނުވާ ބަޔަކަށް ވާތި އެކަން ކުރައްވަން ބޭނުން ނުވާ ކަމަށެވެ.