ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނުގެ ކެންޑިޑޭޓުނަށް ތާއިދު ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމިން މިއަދު ހަވީރު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނ. މަނަދު އަށް ކަމަށެވެ. އަދި މިރޭ މި އަތޮޅު ކެނދިކުޅުދު އަށް ވަޑައިގެން ކެނދިކުޅުދޫގައި މިރޭ ކޯލިޝަން ފަރާތުން ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮނިހިރު ދުވަހު ވެލިދު އަށް ވަޑައިގަންނަވާނެ ކަމަށާއި އަދި އިރުފުށި އައިލެންޑް ރިސޯޓްގެ ނަން ރީ ބްރޭންޑް ކުރުމަށް މާދަމާ ބާއްވާ ރަސްމިޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މާލެ ވަޑައިގަތުމަށް ހަމަ ޖެހިފައި ވަނީ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.