ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި އެވެ.

ރޭ އިސްކަންދަރު ކޮށި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމް އާއި ޕޮލިސް ޖެނެރަލް ސެކްރެޓަރީ އާއި ޕޮލިސް ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ޓީމްތަކުގެ މެނޭޖަރުންނާއި ކުޅުންތެރިން ބައިވެފައިވެ އެވެ.

ޕޮލިސް އިންޓާ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގައި ޖުމްލަ 36 ޓީމަކުން ބައިވެރިވެފައިވާ އިރު މި ޓީމްތައް ވަނީ އަށް ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އޭ، ބީ، ސީ އަދި ޑީ ގައި ފަސް ޓީމް ހިމެނޭއިރު ގްރޫޕް އީ، އެފް، ޖީ އަދި އެޗް ގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގެ ކުޅުން މާދަމާ ހަވީރު 16:00 ގައި ފަށާއިރު ފުރަތަމަ ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ސީގެ ކްލަބް އެޗްއާރު އާއި އެފްސީ 119 އެވެ.