މިދިޔަ ބުދަ ދުވަހުން ފެށިގެން އާއިލާ އަށް ފިލައިގެން އުޅޭ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

ގ. ހުރަސްފަރު، ޔަޝްފާ އަހުމަދު އަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު އާއިލާއަށް ފިލާފައިވާ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.

"އާއިލާގެ ފަރާތުން ފުލުހުންނަށް މައުލޫމާތުދޭ ގޮތުގައި ޔަޝްފާ އަޙްމަދު އެންމެ ފަހުން ފެނިފައި ވަނީ ގ. ހުރަސްފަރު ގެއިން. އޭނާ ގެއިން ނިކުމެގެން ދިޔައިރު ލައިގެން ހުރީ ސްކޫލް ޔުނީފޯމް،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ޔަޝްފާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކޮށްދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.