ދުނިޔޭގެ ސްކައުޓް ހަރަކާތުން ފާހަގަ ކުރާ "ފައުންޑާސް ޑޭ" އަދި ގާލްގައިޑުން ފާހަގަ ކުރާ "ތިންކިން ޑޭ" ފާހަގަ ކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓުވެންޓީ ތާޑު މާލޭ ސްކައުޓް ގްރޫޕުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހިނގާލުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ "ދަ ވޯކް" ގެ ނަމުގައި ކަމަށެވެ.

އެ ހިނގާލުމުގައި މާލޭގެ 15 ސްކޫލަކުން 1000 ކުދިން ބައިވެރިވާނެ ކަމަށާއި ހިނގާލުމުގައި ސްކައުޓް އަދި ގާލްގައިޑް ކުދިންގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ސޯޝަލް ސެންޓަރު ކައިރިން ފަށާ ހިނގާލުން ނިންމާލާނީ އާޓިފިޝަލް ބީޗަށް ކަމަށާއި ނިންމާލުމަށްފަހު އާޓިފިޝަލް ބީޗުގައި ކުޑަ ހަފްލާއެއް ވެސް އޮންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.