އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން އަންނަ މާޗް މަހު ޖެމެއިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިން ސްކޮލާޝިޕުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ޖާގައެއް ލިބިއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ސާއިދަށް ޖާގަ ލިބުނު މި ސްކޮލަޝިޕުގެ މުއްދަތަކީ މި އަހަރުގެ މާޗު މަހުން ފެށިގެން ދެ އަހަރުގެ މުއްދަތައް ލިބުނު ސްކޮލާޝިޕެއް ކަމަށެވެ. އަދި މި ސްކޮލަޝިޕުން ޝާއިދުއަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ޖޫން މަހު ޖެމެއިކާގައި ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި 48:47 ސިކުންތުން ރޭސް ނިންމުމުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.


އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މީގެ ކުރިން ވެސް ސާއިދު ޖެމެއިކާގައި ތަމްރީން ކޯސްތަކެއް ފުރިހަމަ ކުރި ކަމަށާއި އެކޯސްތަކުން އޭނަ ވަނީ ބޮޑު ކުރިއެރުމެއް ހޯދާ، ރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަދެފައި ކަމަށެވެ.