19 Feb 2014, 11:50
އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ލެވެލް އެކެއްގެ ކޯޗިން ކޯސް އައްޑޫ ސިޓީގައި މިމަހު ބާއްވާގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޯހަށް ފުރުސަތު ދޭގޮތަށް އެސޯސިއޭޝަނުން ނިންމާފައިވަނީ 24 ފަރާތަކައް ކަމަށެވެ.
މީގެއިތުރުން މިކޯހަށް އައްޑޫ ސިޓީގެ ކޮންމެ ސްކޫލަކަށް އެއް ޖާގަ ދޭގޮތަށްވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ.