18 Feb 2014, 16:55
މިދިޔަ ހަފްތާ ތެރޭގައި އެސްޓީއޯއިން ކުރިއަށް ގެންދިޔަ "އެސްޓީއޯ ޗޮކްލެޓް ވީކް" ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތްތައް އިއުލާން ކޮށްފި އެވެ.
ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކަކާއެކު އެސްޓީއޯއިން ކުރިއަށް ގެންދިޔަ " އެސްޓީއޯ ޗޮކްލެޓް ވީކް"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވާފައި ވަނީ މިއަދު ހަވީރު އެސްޓީއޯ ސްޕްމާކެޓްގަ އެވެ. ގުރުއަތުލުން ކުރިއަށް ގެންގޮސްދެއްވީ އެސްޓީއޯ ސްޕަމޭކެޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޖެނަރަލް މެނޭޖަރު މަރިޔަމް ފަރުހީން އެވެ.
މިފަހަރުގެ ޗޮކްލެޓް ވީކުގެ ނަސީބުވެރިންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވުނު ފަރާތަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ފިލިޕްސް ހޯމްތިއޭޓާ ސިސްޓަމެކެވެ. އަދި ދެވަނަ އަށް އަން ހޮވުނު ފަރާތަށް 3000ރ. ގެ ގިފްޓް ވައުޗާ އެއް ހުށަހަޅާފައިވާއިރު ތިން ވަނައަށް ހޮވުނު ފަރާތަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ފިލިޕްސް މައިކްރޯ ތިއޭޓާ ސިސްޓަމެކެވެ.
ވީބީ، ސިމްޑީ އަދި ޔޫރޯ މާކެޓިންގެ އެހީތެރިކަމާއެކު އެސްޓީއޯއިން ކުރިއަށް ގެންދިޔަ ޗޮކްލެޓްގެ މި ހާއްސަ ޕްރޮމޯޝަންގައި ފެރޭރޯ، ޓޮބްލެރޯން، ބަލްސަން، ކެޑްބަރީ، މާސް، ސްނިކާސް، ލިންޓް، އެމް އެންޑް އެމް، ބައުންޓީ އަދި ޓްވިކްސް ފަދަ ބްރޭންޑްތައް ހިމަނާފައިވެ އެވެ.
އެ ޕްރޮމޯޝަންގެ ފުރަތަމައަށް ހޮވި، ހޯމް ތިއޭޓާ ސިސްޓަމް ހާސިލްކުރީ ލަޔާން ޝަހީލް ނަމަކަށް ކިޔާ މީހެކެވެ. ދެވަނަ އަށް ހޮވި، 3000ރ. ގެ ގިފްޓު ވައުޗާ ހާސިލްކުރީ އިބްރާހީމް އާދިލް ނަމަކަށް ކިޔާ މީހެކެވެ. އަދި ތިން ވަނަ ހާސިލްކޮށް ޕިލިޕްސް މައިކްރޯ ތިއޭޓާ ސިސްޓަމް ހަސިލްކުރީ އާއިޝަތު އައްބާސް ނަމަކަށް ކިޔާ މީހެކެވެ.