ބަދުއަޚުލާގީ އަމަލު ހިންގަމުދިޔަ ބިދޭސީންތަކެއް ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގަމުން ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ހަރަކާތެއްގައި ރޭ 7:30 ހާއިރު ހައްޔަރުކޮށްފައި 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެކިފަހަރުމަތިން ބަދުއަޚުލާގީ އަމަލު ހިންގުމަށްފަހު ރެކޯޑް ކޮށްފައިވާ ވީޑިއޯތަކެއްގެ އިތުރުން ބިދޭސީންނާއި ގުޅޭ ގިނަ އަދަދެއްގެ ޑޮކިއުމެންޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޗަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.