10:00


ނިޒާމީ މައްސަލަތަކާ ހެދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.


މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ މައްސަލަތަކާ ހެދި ކުރިއަށް ނުގެންދެވިގެން ހުއްޓާލިއިރު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަނީ ޤާނޫނީ އަދަދު ހަމަނުވާތީ، ނުބާއްވާފަ އެވެ. އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލެއްވީ މަޖިލީހުގެ ތެރޭގައި މަސްލަހަތު ގޯސްވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމާ ގުޅިގެންނެވެ.