17 Feb 2014, 12:48
ސަތާރަ ވަނަ ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ހޯދައިފި އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އެމްއެންޑީއެފް ހޯދާފައި ވަނީ ރޭ އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި ކުޅުނު ފައިނަލްމެޗު އެއާޕޯޓްގެ ޓީމާއި ވާދަކޮށް 79 ޕޮއިންޓް 61 ޕޮއިންޓުން ކާމިޔާބު ކޮށްގެނެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއެންޑީއެގެ ފްޔޫސުފް ނިޝާރެވެ.
މިމުބާރާތުގެ ދެވަނައެއް އެމްއެންޑީއެފްގެ ދެކުޅުންތެރިއަކަށް ވަނީ ލިބިފައެވެ. މިގޮތުން ބެސްޓް ޕޮއިންޓް ގާޑުގެ މަގާމް ހޯދާފައިވަނީ އަލީ އިޝާމެވެ. އަދި މޯސްޓް ވެލިއުބަލް ޕްލެޔަރަކަށް ހޮވިފަވަނީ އެމްއެންޑީއެފްގެ އަހުމަދު ނަސީރެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާނު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ރަޝީދެވެ.