17 Feb 2014, 12:41
ވިލިމާލޭ ބަށިކުޅޭ ފަރާތްތަކަށް ބަށިކުޅޭ ސާމާނު މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމް ހަދިޔާކުރައްވައިފި އެވެ.
މިސާމާނު، ވިލިމާލޭ ބަށިކުޅޭ ފަރާތްތަކަށް ހަވާލުކޮށްދެއްވާފައި ވަނީ އިއްޔެ ހަވީރު ވިލިމާލޭ ބަށި ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމެވެ.
މިގޮތުން ހަދިޔާކުރި ބަށި ކުޅޭ ސާމާނުތަކުގެ ތެރޭގައި ބަށި ބޯޅައާއި ރެކެޓާއި އަދި ނެޓު ހިމެނެއެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އިތުރުން އިނިސްޕެކްޓާ ޖެނަރަލް ކާނަލް އަހުމަދު ފަޔާޒް އަލީ ރިޟާގެ އިތުރުން ވިލިމާލޭގައި ބަށި ކުޅޭ ފަރާތްތަކުން ބައިވެރިވި އެވެ.