17 Feb 2014, 11:09
އެއްލައްކަ ރުފިޔާ އިނާމެއްގެ ގޮތުގައި ލިބޭ އެސްއެމްއެސް ކުއިޒެއް އުރީދޫއިން ފަށައިފި އެވެ.
"ކޭޝް ކުއިޒް"ގެ ނަމުގައި ފެށި އެ ކުއިޒުގައި ބައިވެރިވާ ފަރާތްތަކުން ޖެހެނީ އުރީދޫއިން ފޮނުވާ ސުވާލުތަކަކަށް ޖަވާބު ފޮނުވާށެވެ. އަދި އެ ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްލައްކަ ރުފިޔާ ލިބޭނީ އުރީދޫއިން ފޮނުވާ ސުވާލުތަކަށް 60 ސިކުންތު ތެރޭގައި ޖަވާބު ފޮނުވައިގެން 100 ސުވާލަށް އެންމެ އަވަހަށް ޖަވާބުދޭ ފަރާތަކަށް ކަމަށް އުރީދޫއިން ބުންޏެވެ.
އޭގެ އިތުރުން އެ ކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ދެ ވަނަ އަދި ތިން ވަނައަށްދާ ފަރާތަކަށް އައިޕެޑް އެއާ އެއް ދޭނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ އިން ބުނީ، އެ ކުއިޒުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުން "GO" ޖެހުމަށްފަހު 555 އަށް އެސްއެމްއެސް އެއް ފޮނުވުމުން ކުއިޒްގައި ބައިވެރިވޭނެ ކަމަށެވެ.