16 Feb 2014, 23:35
"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން އެޅި ތިން ވަނަ ދަނޑު ވިލިމާލޭގައި ހުޅުވުމަށް އެ އަވަށުގައި މިރޭ ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗުން ސިފައިންގެ މައްޗަށް ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ކެބިނެޓު ކުރި ހޯދައިފި އެވެ.
ރައީސް ޔާމީން ކެޕްޓަން ކަމުގައި މިރޭ ކުޅުނު މެޗުން ސިފައިން ބަލިކުރީ 7-6 އިންނެވެ. މެޗުގައި ކެބްނިޓްގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދެއްވީ ރައީސެވެ. ދެ ވަނަ ލަނޑު ޔާމިޔާބުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ރައީސާއި ހޯމް ނިމިސްޓަރު ވަނީ މި މެޗުގައި ކެބިނެޓް ޓީމަށް ކޮންމެ ބޭފުޅަކު ދެ ލަނޑު ޖައްސަވައި ދެއްވާފަ އެވެ.

16 ފެބްރުއަރީ 2014: ވިލިމާލޭ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ރައީސް ޔާމީންގެ ކެބިނެޓާއި އެންއެންޑީއެފް އޮފިސަރުންގެ ޓީމާ ދެމެދު ކުޅުނު ފުޓްސަލް މެޗުގެ ތެރެއިން. ކެބިނެޓް ޓިމް މެޗު ކާމިޔާބުކުރީ 6-7 އިން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
ސިފައިންގެ ތެރެއިން ހޮވާލެވުނު އޮފިސަރުނާ ދެކޮޅަށް މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ކެބިނެޓުގެ އިތުރު ލަނޑުތައް ކާމިޔާބު ކޮށްދެއްވީ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އަދި ރައީސް ވަހީދުގެ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

16 16 ފެބްރުއަރީ 2014: ވިލިމާލޭ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ރައީސް ޔާމީންގެ ކެބިނެޓާއި އެންއެންޑީއެފް އޮފިސަރުންގެ ޓީމާ ދެމެދު ކުޅުނު ފުޓްސަލް މެޗުގެ ތެރެއިން. - ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
މެޗްގައި ކެބިނެޓް ޓީމްގެ ގޯލް ބަލަހައްޓަމުންދިޔަ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ދެވަނަ ހާފްގައި ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލުކުރައްވާފަ އެވެ. އޭޖީ އަނިލްގެ ބަދަލުގައި ކެބިނެޓް ޓީމްގެ ގޯލް ފަހުން ބަލަހައްޓަވަމުން ގެންދެވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.
ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ކުޅިބަލަން ހާޒިރުވި، ފަނަރަ މިނެޓުގެ ދެ ހާފް ކުޅުނު އެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ސަޕޯޓަރުން ބަލާހިތްވާކަހަލަ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.
މެޗް ނިމުމާއި އެކު މެޗް ކާމިޔާބު ކުރި ޓީމަށާއި މެޗްގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމު ވަނީ ޓްރޮފީ ހަވާލްކޮށްދެއްވާފަ އެވެ. މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބިވަޑައިގަތީ ކެބިނެޓް ޓީމުގެ ހޯމް މިނިސްޓަރު އުމަރު އަށެވެ.
މެޗަށްފަހު މޮޅުވި ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެޗު ބޯޅައިގައި ސޮއިކުރައްވައިފަ އެވެ.
http://www.sun.mv/albums/l_23160.jpg