16 Feb 2014, 17:41
ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށިވިއްކުވި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލަކު ހޯދަނޑު މަރިޔާޒުގޭ ސައީދާ ހަސަން،39، ގެ މައްޗަށެވެ.
އެ ހުކުމް ކޮށްފައި ވަނީ މިހާރު އުމުރުން 33 އަހަރުގެ މީހަކު ތަފާތު އެކި ދުވަސް މަތިން ކުޑަ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގިއިރު، އެކަން ކުރުމަށް އެ އަންހެން ކުއްޖާ އަށް ސައީދާ ހިތްވަރު ދީފައިވާތީ އެވެ.
ފުވައްމުކަލު ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާ އަށް ސައީދާ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.