16 Feb 2014, 17:32
ކުޑަކުއްޖެއްގެ އުމުރުން ފަސް އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން އެ ކުއްޖާއާ ޖިންސީ އަމަލު ހިންގި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ކުޑަކުއްޖަކަށް އޮރިޔާން ފިލްމުދައްކައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ނ. ލަންދޫ ފޭރުގަސްދޮށުގޭ އައްބާސް އަބްދުﷲގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އައްބާސް ހައްޔަރުކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.