ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ގ. ފިޔާތޮށިގޭ ހަސަން ސަބިރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޙަސަން ޞާބިރަކީ، މީގެކުރިން ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ މިނިސްޓަރ އޮފް ޓުއަރިޒަމްގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ މަޤާމު ފުރުއްވާފަ އެވެ. އަދި އޭގެ ފަހުން، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފައިވެ އެވެ.