ތިން ފުޓްބޯޅަ ދަނޑާ ދާދިއެއްވަރުގެ ޖައްވީ ހިލަގަނޑެއް (އަސްޓޮރޮއިޑެއް) ކުރިޔަށްއޮތް 24 ގަޑީއިރުގެ ތެރޭގައި ބިމާ ވަރަށް ކައިރިން ދަތުރުކުރާނެކަން ފަލަކީ އިލްމުވެރިން ހާމަކޮށްފި އެވެ.

ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މި އަސްޓޮރޮއިޑް ބިމާދިމާ އަށް މިހާރު ދަތުރުކުރަމުން ދަނީ ގަޑިއަކު 43 ހާސް ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އަދި މާދަމާ (17 ފެބްރުއަރީ 2014) މިހިލަގަނޑު ދުނިޔެއާ ގާތުން ދިޔަ ނަމަވެސް ދުނިޔޭގެ ބިމުގެ ސަތަހުގައި އެ ހިލަގަނޑު ޖެހި މުޑިއެރުމުގެ ފުރްސަތު ނޯންނާނެ ކަމަށް އިލްމުވެރިންނާ ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިއެސްޓްރޮއިޑް ހަމަލޮލަށް ފެންނާނެ ކަމަށްވެ އެވެ.

މިގޮތުން ކެނެރީ އައިލެންޑާއި އެޓްލާންޓިކް ކަނޑުގެ އިރުމަތީ ސަރަހައްދާއި އެފްރިކާގެ ހުޅަނގު އުތުރަށާއި ޔޫރަޕްގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް މި އަސްޓޮރޮއިޑް ދަތުރުކުރާތަން ފެންނާނެ ކަމަށްވެ އެވެ." “NEA 200 EM 26ގެނަމުން ނަންދެވިފައިވާ މިއަސްޓޮރޮއިޑް ދުނިޔޭގެ ގިނަ ބަޔަކު ބަލަމުންގެން ދަނީ slooh.com ގައިވާ ލައިވް ކެމެރާތަކެއްގެ އެހީގައެވެ. އެ ކެމެރާތައް ހަރުކޮށްފައިވަނީ ކެނެރީ އައިލެންޑްސްގައިވާ ޚާއްސަ ތަނެއްގަ އެވެ.

މިއަސްޓޮރޮއިޑް އާބެހޭ ދިރާސާތައް ކުރާ scholl ކުންފުނީގެ ރީސާޗަރ އަދި ޓެކްނިކަލް މެނޭޖަރ ޕޯލް ކޯކަސް ވިދާޅުވާ ގޮތުން މިބާވަތުގެ ކުދި އަސްޓޮރޮއިޑް ތަކަކީ އެންމެ ފަހުވަގުތު ނޫނީ އޭގެ ނުރައްކާތެރިކަން (ބިމުގައި ޖެހި މުޑިއަރާނެކަން ނުވަތަ ނޫންކަން) އެނގޭނެ އެއްޗެއްސެއް ނޫނެވެ. މިގޮތުން މިދިޔަ އަހަރު ރަޝިޔާގެ އުތުރުގެ ޗީލިޔާ ބިންސިކް ސަރަހައްދަށް ވެއްޓުނު އަސްޓޮރޮއިޑް އަކީ ވެސް ކުރިން އޭގެ ނުރައްކަލެއް ނެތް ކަމަށް ބެލެވިފައިވާ އަދި ބިމުގައި ނުޖެހޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ އެސްޓްރޮއިޑެއް ކަމަށާ އެ އަސްޓޮރޮއިޑް ބިމުގައިޖެހި މުޑިއެރުމުގެ ހާދިސާގައި 1000 މީހުންނަށް އަނިޔާލިބި މާއްދީ ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. (ނޫސްއެޖެންސީތައް)