ޕާކްކޮށްފައި އަދި ގިނަ ދުވަސް ވަންދެން މަގު މައްޗަށް ދޫކޮށްލާފައި ހުރި 82 އުޅަނދެއް ފުލުހުންގެ ނަގައިފި އެވެ.

ފުލުހުން އިއްޔެ ބުނީ މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ފުލުހުން ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން ހަވީރުވަންދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 82 ވެހިކަލް ނަގާފައިވާ އިރު އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 57 އުޅަނދެއް އަދި 25 ސައިކަލް ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން ނަގާފައިވާ ހުރިހާ އުޅަނދެއް ވެސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އުޅަނދުތަކަކީ 2014 ޖެނުއަރީ 26 ވަނަ ދުވަހު ކޮށްފައިވާ އިއުލަނަކާ ގުޅިގެން ނެގި އުޅަނދުތަކެއް ކަމަށާއި އުޅަނދުތައް އޭގެ ވެރިފަރާތުން އެ އުޅަނދަކާ ބެހޭ ލިޔެކިޔުންތަކާ އެކު ސިޓީ ކައުންސިލް އިދާރާ އަށް ދިއުމުން އޮންނަ އުސޫލުތަކުގެ މަތިން ދޫކުރާނެ ކަމަށް ފުލުހުން ބުންޏެވެ.