ލިބުނު ޝަކުވާތަކާ ގުޅިގެން ކެންސަލް ކުރުމަށް ފަހު އިއްޔެ ބޭއްވި ނ. މިލަދޫ ރަށު ކައުންސިލްގެ އިންތިހާބު ދެ ވަނަ ބުރަކަށް ގޮސްފި އެވެ.

ފަސް މީހުން އިންތިހާބު ކުރާ އެ ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އެ ރަށު ނޫރަންގޭ، ހަސަން މޫސާ އާއި ނަލަހިޔާގޭ އަބޫބަކުރު އަލީ އާއި ގުރަހަ، އިބްރާހިމް އަރީފް ބިން އަބޫބަކުރާއި ޕީޕީއެމްގެ ޗާންދަނީ ހައުސް، އަބްދުލްމުއްތަލިބު އަބްދުއްސަމަދު އެވެ.

ފަސް ވަނަ އަށް ދެ މީހަކަށް އެއްވަރަށް ވޯޓު ލިބިފައިވެ އެވެ. އެއީ ޕީޕީއެމްގެ ބަހާރުގޭ، މުހައްމަދު އަލީ އާއި ގްރީންލައިޓް، ފާތުމަތު މުހައްމަދެވެ.

މިލަދޫ ކައުންސިލުގެ އިތުރުން އިއްޔެ ގެންދަނީ ހއ. މުރައިދޫ އާއި ރ. މާކުރަތަ އާއި ބ. ފެހެންދޫ ކައުންސިލްގެ އިންތިހާބުގެ ދެ ވަނަ ބުރު ވެސް އިއްޔެ ބޭއްވި އެވެ.

އެ އިންތިހާބުތަކުން ހޮވުނީ މުރައިދޫ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އެ ރަށު ބްލޫބާޑް، އަސްރާރު އަބްދުﷲ އާއި މާކުރަތު ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އެ ރަށު ބްލޫހެވަން، ސައުދުﷲ މުހައްމަދާއި ފެހެންދޫ ކައުންސިލަށް އެމްޑީޕީ ފަރާތުން ކުރިމަތިލި އެ ރަށު އާވާޒް، އައިމިނަތު ފަޒީނާ އެވެ.

މީގެ އިތުރުން އިއްޔެ ގއ. އަތޮޅު ކައުންސިލްގެ ވިލިނިގިލީ ދާއިރާގެ އިންތިހާބު ވެސް އިއްޔެ ބޭއްވި އެވެ. އެ އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ވިލިނގިލީ އޯކިޑްވިލާ، ސައުދުﷲ ރަޝީދާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި ހަމަ އެ ރަށު މާޖެހިގޭ، މުހައްމަދު ހަލީލެވެ.