15 Feb 2014, 15:09
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އާއި ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ލ. ފޮނަދޫއަށް ފުރާވަޑައިގަންވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވެސް ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، ރައީސް ފުނަދޫއަށް މިއަދު މެންދުރު ފަހު ފުރާވަޑައިގަތުމަށްފަހު މާދަމާ މާލެ ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި ރައީސްގެ ދަތުރުފުޅުގެ ބޭނުންފުޅަކީ ފޮނަދޫ ރައްޔިތުންގެ ހާލު ބައްލަވާ ލެއްވުން ކަމަށް މުއާޒް ވިދާޅުވި އެވެ.
"ރައީސް މިއަދު ފުރާ ވަޑައިގަންވަނީ ފޮނަދޫ ރައްޔިތުންގެ ހާލު ބައްލަވާ ލެއްވުމަށް. މާދަމާ އެނބުރި މާލެ ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައި،" މުއާޒް ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިރޭ ފޮނަދޫގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަ ޖެހިފައި ވެއެވެ.