18:00- ޔަހޫންދީންގެ ކިބައިން ދިވެހި އުންމަތް ސަލާމާތް ކުރުމަށް އެދި ހާއްސަ ދުއާއެއް ކުރުމަށް ފަހު ދާދި ދެންމެއަކު މުޒާހަރާ ނިންމާލައިފި އެވެ. އެތަކެއް ސަތޭކަ މީހުން ބައިވެރިވި މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. މުޒާހަރާ ހިނގަމުންދިޔައިރު ހުރިހާ އެންމެވެސް ގޮވާލާފައި ވަނީ ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރިޔަށް ގެންދިއުމަށާއި އެންމެން އެކަތިގަނޑަކަށް ވެގެން ޔަހޫދީންނާ ދެކޮޅަށް ކުރާ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.


 


17:52- އިޒްރޭލުގެ ޑޮކްޓަރުންގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގައި އެޖެންޑާކޮށް އެކަމަށް ގޮތެއް ނިންމައި ދިނުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލާލައިފި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން މިހާރު ދަނީ ވާހަފުޅު ދައްކަވަމުންވެ. މީގެ ކުޑައިރުކޮޅެއް ކުރިން ސްޓޭޓް މިނިސްޓަރު ޝަހީމް ވާހަފުޅު ދެއްކެވި އިރު ވިދާޅުވީ އޭނާ އާއި މިނިސްޓަރު މަޖީދަކީ އެކައްޗެއް ކަމަށާއި ދެބޭފުޅުން ވެސް ތިއްބެވީ ސަރުކާރުގެ ލާދީނީ އަމަލުތަލާ ދެކޮޅަށް ތެދުވެ ކަމަށެވެ.


 


17:39- ދެން ނުކުންނަވާނީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނު އިސްލާހު ކުރުމަށް ކަމަށާއި އިސްލާމްދީނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް މިކުރާ މުޒާހަރާތައް ހުއްޓާއިނުލާ ކުރިޔަށް ގެންދާނެ ކަމަށާއި މި މަސައްކަތާ ގުޅިގެން ސްޓޭޓް މިނިސްޓަރުގެ މަގާމު ވަކި ކުރެއްވިޔަސް ފަރުވާލެއް ނެތް ކަމަށް ޝަހީމް ވިދާޅުވެއްޖެ އެވެ. އެއްވުމަށް އަދިވެސް ދަނީ މީހުން އިތުރުވަމުންނެވެ. ހިސާބަކަށް އެމްޑީޕީގެ މީހުން ވެސް މި ހަރަކާތްތަކުގެ ތެރޭގައި އެބައުޅެ އެވެ.


 


17:39- މި މުޒާހަރާއަށްފަހު ރައީސް ނަޝީދާ މޫނު ކެނޑޭ ހިސާބަށް ދިޔައީ ކަމަށާއި ރައީސް އޮފީހުން ސިޓީއެއް ފޮނުއްވައި ދިވެއްސާއި އިސްލާމް މާއްދާގެ ވާހަކަ ނުދެއްކުމަށް އެދިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 


 


17:34- މީހުން ހައްތާ ދަނީ ގިނަވަމުންނެވެ. ކުޑަކުދިންނާ އަންހެނުން ވެސް އިޒްރޭލާ ދެކޮޅު ޝުއޫތުރައް ލިޔެފައިވާ ޓީޝާޓްތަކުގައި އަޑު އަހަރު ކުރަމުންދާއިރު މުޅި މުޒާހަރާގައި ވެސް ގޮވައިލަނީ ހަމަނުޖެހުމެއް ނުހިންގާ ޔަހޫދީންނާ ދެކޮޅަށް އަޑު ހަރު ކުރުމަށެވެ. މީގެ ކުޑައިރުކޮޅެ ކުރި ޑރ. އްފަރާޝީމާއި އުމަރު ނަސީރާއި ސަންދާނު އަހަންމައިދީ ވަނީ  ވާހަކަފުޅު ދައްކަވާފައެވެ. ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރުން ޔަހޫދީންނާ ގުޅިފައިވާ ގުޅުމުގެ މައްޗަށް ފާޑުވި ވިދާޅުވެފައެވެ. އަދި މިއަދަކީ ދިވެހި ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު އެކަމާ ދެކޮޅަށް ނުކުތް ދުވަސް ކަމަށް ބުނެފަ އެވެ.


 


17:29- ދާދި ދެންމެއަކު މުޒާހަރާގައި ވަނީ ރާއްޖޭގެ ސަރުކާރާއި އިޒްރޭލާ ދެމެދު ކޮށްފައިވާ ސިއްރު މުއާހަދާއެއް މުޒާހަރާގެ އިސްވެރިން ހާމަކޮށްފައެވެ.  ޑރ. އަހުމަދު ޝަހީދު ސޮއިކޮށްފައިވާ އެ މުއާހަދާގެ މާއްދާތައް ދެންމެ ވަނީ ޑރ. މައުރޫފު އިއްވާފައެވެ. އޭގައި މައިގަނޑު ގޮތެއްގައި އިޒްރޭލުން ބޭނުންވާ ގޮތަށް ރާއްޖޭގެ ސްކޫލްތަލުގެ މުގައްރަރު ބަދަލުކޮށް ނެށުމާއި މިއުޒިކް ކުރި އެރުވައި 'ހޮލޮކާސްޓ" މާއްދާއެއް ހިމެނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.


 


17:28- އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާއަތްތަކުން ބައިވެވެރިވާ މި މުޒާހަރާގައި އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މި މުޒާހަރާގެ ގައި ދެންމެ ވާހަކަ ދެއްކެވީ އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ދީނީ އިލްމުވެރިޔާ ބީއޭ ނަސީމެވެ. އޭނާ ވާހަކަފުޅު ދެއްކެވީ ސިލޯނުގައި ހުންނަވައި ފޯނު މެދުވެރި ކުރައްވައިގެނެވެ.


 


ލޮލުގެ ބަލިތަކަށް ފަރުވާކުރުމަށް ރާއްޖެ އައިސް އުޅޭ "އައި ފްރޮމް ޒަޔަން" ޖަމާއަތުގެ ޑޮކްޓަރުންގެ މައްސަލާގައި ސިލްސިލާ މުޒާހަރާތަކެއް ބޭއްވުމަށް ފަހު ބޮޑު މުޒާހަރާ ފަށާއިގެން ކުރިޔަށް ލޮނު ޒިޔާރަތްކޮޅުގައި ކުރިޔަށް އެބަދެ އެވެ.


ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް އެކުވެގެން ފެށި މުޒާހަރާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ "ﷲއަކްބަރު"ގެ ގަދަޑު އިއްވަމުން ގޮވައިލަމުން ދަނީ އިޒްރޭލުގެ ޑޮކްޓަރުން ރާއްޖޭން ބޭރު ކުރުމަށާއި ދިވެހި ފަސްގަނޑުން ޒަޔަނިސްޓ ޔަހޫންދީންނަށް އެއްވެސް ފުރުސަތައް ނުދިނުމަށެވެ.