މިހާރު ކުރިއަށްދާ 17 ވަނަ ސަރުކާރު އޮފީސް އަދި ކުންފުނި ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑީވިޒަންގެ ފައިނަލަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ދަތުރުކޮށްފި އެވެ.

އެމްއެންޑީއެފް ފައިނަލަށް ދަތުރުކުރީ ރޭ އެކުވެނި އައުޓްޑޯ ބާސްކެޓު ކޯޓުގައި ކުޅެވުނު މެޗު މޯލްޑިވްސް ޕޯޓްސްލިމިޓެޑް (އެމްޕީއެލް) ޓީމާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެނެވެ.

މެޗު އެމްއެންޑީއެފްގެ ޓީމު ކާމިޔާބުކުރީ 86 ޕޮއިންޓް 68 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްޕީއެލް ޓީމުގެ އަހުމަދު އައުޝަނެވެ.

ފައިނަލްގައި އެމްއެންޑީއެފް ވާދަކުރަންޖެހޭނީ އެއާޕޯޓުގެ ޓީމާ އެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ 8:30ގަ އެވެ.

މިމުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލް މެޗުގައި މާދަމާ ހަވީރު 4:30ގައި ބައްދަލުކުރާ ދެ ޓީމަކީ ކަސްޓަމްސް އާއި އިމްގްރޭޝަން އެވެ.