މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއެކު 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ، އިއްޔެ ހެނދުނު 5:45 އެހައިކަންހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

އެމީހާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވަނީ، އޭނާގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.