17 Dec 2010, 07:44
ސަން އޮންލައިންގައި އިއްޔެ ޝާއިއުކުރި "ލޯކަލް ކައުންސިލަރުންނަކީ މުސާރަ ދޭން ޖެހޭ ބައެއް ނޫން ކަމަށް ކޮމަންވެލްތުގެ ވަފުދުން ބުނެފި" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރުގައި ރަށްތައް ހިންގުމަށް ސަރުކާރުން އައްޔަންކޮށްފައި ތިބި ކައުންސިލަރުން އިންތިހާބުގެ ދުވަސްވަރު މަގާމުގައި ތިބުމުން އިންތިހާބަށް އެއްވެސް ބުރުލެއް ނާރާނެކަން ސިވިލް ސާވިސް ކޮމިޝަނާ އެކު ކުރެވުނު މަޝްވަރާތަކުން ދޭހަވި ކަމަށް ކޮމަންވެލްތު ލޯކަލް ފޯރަމް [ސީއެލްޖީއެފް]ގެ ސެކްރެޓަރީ ޖެނެރަލް ކާލް ރައިޓް ވިދާޅުވި ކަމަށް އެ ޚަބަރުގައި ލިޔެފައިވަނީ އޮޅުމަކުން ނެވެ. ކާލް ވިދާޅުވެފައި ވަނީ، އިންތިހާބުގެ ކަންތަކުގެ ހުރިހާ ޒިންމާއެއް އަދާކުރާނީ އިލެކްޝަން ކޮމިޝަނުން ކަމާއި ސަރުކާރުން އައްޔަންކޮށްފައި ތިބި ކައުންސިލަރުން ތިބުމުން އިންތިހާބަށް އެއްވެސް ބުރުލެއް ނާރާނެ ކަން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި މަޝްވަރާތަކުން އެ ބޭފުޅުންނަށް ދޭހަވި ކަމަށެވެ.
އެހެންކަމާއެކު މި ކުށަށް ސިވިލް ސާވިސް ކޮމިޝަނާއި ކާލް އާއި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.
-އެޑިޓަރ-