ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޒާހިޔާ ޒަރީރުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ، މިއަދު ހުށަހަޅުއްވައިފި އެވެ.

ޒާހިޔާ ޒަރީރަކީ، މީގެކުރިން ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޒާހިޔާ ވަނީ ޖެންޑާ މިނިސްޓަރު ކަމާއި، އެޑިޔުކޭޝަން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭގެކުރިން އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ އިސް މަގާމުތަކެއްގައި ވެސް ޒާހިޔާ ހިދުމަތް ކުރައްވާފައިވެ އެވެ.