13 Feb 2014, 10:29
އައްޑޫ ސިޓީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް މަރިޔަމް ވަހީދު ސައިކަލް އެކްސިޑެންޓެއްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގަންނަވަނިކޮށް ކަމަށާއި މިހާރު ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި މެޖިސްޓްރޭޓް އެޑްމިޑްކޮށްފައިވާ ކަމަށެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ މެޖިސްޓްރޭޓުގެ ގައިގެ އެކިތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އެއްވެސް ޒަޚަމެއް ލިބިފައިނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.