13 Feb 2014, 09:50
އަންނަ މަހު 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބްގައި ވާދަކުރާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރަން ފަށައިފި އެވެ.
މިއަދު ހެނދުނު 8:30 އިން ފެށިގެން ދަނީ އަތޮޅުތައް ތަރުތީބުން ގުރުނަގަމުންނެވެ. ގުރުނެގުމަށް ނިންމާފައި ވަނީ މިއަދާއި އަންނަ ހޮނިހިރުދުވަހު އެވެ.
އަންނަ މަހު ބައްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް 316 ބޭފުޅަކު ފޯމް ހުށަޙަޅުއްވާފައިވެ އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށައެޅި 183 ކެންޑިޑޭޓެއްގެ ފޯމާއި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހުށައެޅި 133 ކެންޑިޑޭޓަކު ފޯމް އެވެ.
އެއީ އެމްޑީޕީގެ ފަރާތުން ހުށައަޅާފައިވާ 85 ބޭފުޅެއްގެ ފޯމާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ހުށައެޅި 50 ބޭފުޅެއްގެ ފޯމެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށައެޅި 28 ބޭފުޅެއްގެ ފޯމާއި އެމްޑީއޭގެ ފަރާތުން ހުށައަޅާފައިވާ ހަތް ބޭފުޅެއްގެ ފޯމް އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން 13 ކެންޑިޑޭޓުން ވާދަ ކުރުމަށް ފޯމް ހުށަހަޅާފައިވެ އެވެ.