Last Updated:
1 decade 2 year ago

ޗެލެންޖް ކަޕް: މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާ ދެކޮޅަށް މިޔަންމާ

    ބުލޮގު ޚުލާސާ
    ރާއްޖޭގައި އަންނަ މޭ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށޭނެ.

    މިއަހަރުގެ ޗެލެންޖް ކަޕްގައި ރާއްޖޭގެ އިތުރުން ބައިވެރިވަނީ، މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ލާއޯސް.

    19:21

    އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގުރުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ، ފަޅީގައި ލައްވައިލީ، ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ.

    މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

    ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މީގެ އިރުކޮޅެއް ކުރިން ނިމުނު ގުރުނެގުމުގެ ރަސްމިއްޔާތުގައި، ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.

    މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

    ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

    މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

    އެމަނިކުފާނުގެ ވާހަކަފުޅުގައި، ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާއިރު ޗެލެންޖު ކަޕްގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނެތި، ކުދިބޮޑު އެންމެހައި ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި، އެކުވެރިކަމާއި އެއްބާރުލުން އުފެދިގެން ދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

    އަދި ރާއްޖޭގެ އިގްތިސާދަށާއި އެހެނިހެން ދާއިރާ ތަކަށް ވެސް ޗެލެންޖް ކަޕްގެ ސަބަބުން އެދެވޭ ރަނގަޅު އަސަރުތަކެއް ކުރާނޭ ކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވީ، މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް އެންމެހައި ދިވެހިންގެ އެއްބާރުލުން ލިބޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

    18:45

    މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00ގައި ރާއްޖެއާއި މިޔަންމާ ވާދަކުރާ މެޗު އޮންނާނީ، ގަލޮޅު ދަނޑުގައި.
    18:44

    ގުރު ނެގުމުގެ ރަސްމިއްޔާތު ނިމިއްޖެ.
    18:42

    ގްރޫޕް ބީ: ތުރުކެމަނިސްތާން، ފިލިޕީންސް، އަފްޣާނިސްތާން އަދި ލާއޯސް.
    18:40

    ގްރޫޕް އޭ: ރާއްޖެ، ފަލަސްތީން، ކިރްގިސްތާން، އަދި މިޔަންމާ.
    18:38

    މުބާރާތް ހުޅުވާ މެޗުގައި ރާއްޖެ ވާދަކުރަން ޖެހެނީ މިޔަންމާއާ ދެކޮޅަށް.
    18:36

    ޕޮޓް އެކެއްގައި ހިމެނޭ ރާއްޖޭ ފާހަގަ ކޮށްފައިވާ ކަރުދާސްކޮޅު އެފްއެމްގެ ރައީސް އިލްހާމް ނަންގަވައި ދެއްވައިފި.
    18:30

    ގުރުނެގުން ކުރިއަށް ދާނޭގޮތް، ޑައިރެކްޓަރު އޮފް އޭއެފްސީ ނޭޝަނަލް ޓީމް ކޮމްޕެޓިޝަންސް ހުށަހަޅުއްވައިދެއްވަނީ.
    18:26

    މުބާރާތް ޞާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެ ސީޑުކުރެވޭނީ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި. އެހެން ޓީމުތައް ގުރުއަތު ނެގުމަށް ރޭންކިން ތަރުތީބުން އަތުރާލެވޭނީ. އެގޮތުން ދެވަނައިގައި، ތުރުކުމަނިސްތާން، ފިލިޕިންސް ތިންވަނައިގައި އަދި، ފަލަސްތީނު ހަތަރު ވަނައިގައި.
    18:24

    ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމުތައް ރޭންކު ކޮށްފައިވަނީ، 2012 ވަނަ އަހަރުގެ ނަތީޖާއަށް ބަލައިގެން. އެގޮތުން މިފަހަރުގެ މުބާރާތުގައި ވެސް ގްރޫޕަކަށް ހަތަރު ޓީމު ވާގޮތަށް ދެގްރޫޕަކަށް ޓީމުތައް ބަހައިލެވޭނެ.
    18:18

    މިހާރު ހަރުބީ ބޮޑުބެރު ގްރޫޕުގެ އައިޓަމެއް ހުށަހަޅަނީ.
    18:11

    އަޅުގަނޑު ވަރަށް އުފާ ކުރަން މި ސަރުކާރުން ފުރަތަމަ ކަމަކަށް "އޭއެފްސީ ޗެލެންޖް ކަޕް ބާއްވާނީތޯ ނޫންތޯ، މި ޑެސިޝަން ނަގަންޖެހުން".

    މިނިސްޓރުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ ކަމަށް. އެހެން ކަމުންމި މުބާރާތް ރާއްޖޭގައި ބޭއްވޭތީ، ރާއްޖޭގައި އެންމެންގެ އެއްބައިވަންތަކަން އިތުރުވެގެން ދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް. އަދި މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެއްދުމަށް އެންމެހައި ރައްޔިތުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް.

    އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގައި ކުރިއަށް އޮތްތާނގައި މިފަދަ މުބާރާތްތައް ބޭއްވުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކލުފާނު ވިދާޅުވި.

    މިނިސްޓަރު ވިދާޅުވީ، މުބާރާތުގެ ސަބަބުން ރާއްޖެއަށް ތަފާތު އެކި ގޮތްގޮތުން ފައިދާ ކުރާނެ ކަމަށް. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިސްނަންގަވައިގެން ވަނީ، ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ކަމަށް ވިދާޅުވި.

    18:09

    ރަސްމިއްޔާތު ފަށައިފި. ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވާހަކަފުޅު ދައްކަވަނީ.