12 Feb 2014, 10:28
ދެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިނިސްޓަރު އޮފް ސްޓޭޓް ފޮ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރު ކަމުގެ މަޤާމަށް، ގދ. ރަތަފަންދޫ ރޯޝަނީވިލާ މުޙަންމަދު ފާއިޒް ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރު އޮފް ސްޓޭޓް ފޮ އެޑިޔުކޭޝަންގެ މަޤާމަށް، ދަފްތަރު އާދަމް ޝަރީފު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.
މުޙަންމަދު ފާއިޒް މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ނައިބު ކަމުގެ މަގާމުގަ އެވެ. އާދަމް ޝަރީފު މިހާތަނަށް ހުންނެވީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަ އެވެ.