ވިލިމާލޭގައި ރޭ ހިނގި ގްރީޕް މާރާމާރީއެއްގައި މީހެއްގެ ބޯފަޅާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 8:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިން އަށް ކުޑަކުދީންނާއި 13 މީހަކު ހައްޔަރު ކުރި ކަމަށެވެ. އެ އެންމެންނަށް ނަސޭހަތާއި އިންޒާރު ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް މީއޮފިޝަލް ވިދާޅުވި އެވެ.

އެ މާރާމާރީ ހިނގަންމެދުވެރިވީ މުހްޔުއްދީން ސްކޫލް ތެރޭގައި ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ މައްސަލަ ވިލިމާލޭ ޕޮލިސް ޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.