16 Dec 2010, 15:45
މިރޭ އިރު އޮއްސުނު އިރު މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މަރާމާރީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލީ އުމުރުން 26 މީހެއް ކަމަށާއި އޭނާގެ ބޮލުގެ ފުއްކިބައަށާއި އަތުގެ މުލައްދަނޑި ކައިރިއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޒަޚަމްވީ ޒުވާނާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ހެންވޭރު ޓިޕްޓޮޕް ފިހާރަ ކައިރީގައި ހިންގި އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޒަޚަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިއަ ފަހުން ކަމަށާއި އެ ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.